Saturday, April 2, 2011

އޮޓިޒަމް ހޭލުންތެރިކުރުމުގެ ދުވަސް

މިމަހަކީ، އެޕުރީލް މަހަކީ އޮޓިޒަމް އާއި ގުޅިވައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ މަހެކެވެ. ވަކިން ހާއްސަކޮށް 2 އެޕުރީލްވާ ދުވަހެވެ. މީހުން ހޭލުންތެރިކުރުވާށާއި އެކުދިންނާ މެދު ހާއްސަ ގޮތެއްގައި އަޅާލުމުގެ މަހެއްގެ ގޮތުގައެވެ. ހޭލުންތެރިކުރުވުމުގެ ބޭނުމަކީ އެކުދިން ލޭބަލުކޮށް ވަކިން ހާއްސަ ނަޒަރަކުން ދެކުމެއް ނޫނެވެ. އެހެނެއްކަމަކު، އެކުދިންގެ އަމިއްލަ އިހުތިޔާރުން ބޭރުގައި ކުރެވޭ ކަންތައްތަކާމެދު ތިމާމެން އެކަން ދަނެ، އެކުދިންނަށް ނުވަތަ އެކުދިންގެ މައިންބަފައިން ހިތުގައި ޖެހޭނެ އެއްޗެތި ނުބުނުމާއި އެކުދިންނާ ދިމާލަށް އެއްޗެތި ބުނެ ލޯއަޅާ ނުހެދުމެވެ.
އޮޓިޒަމް ޖެހިފައި ތިބޭ ކުދިންގެ އެއް ހާއްސަ ސިފައަކީ ބޮޑާހޭކުމާއި އަޑުގަދަކުރުމާއި އަމިއްލައަށް އަނިޔާ ދިނުމެވެ. މިއީ އެކުދިންގެ ތަބީއީ ސިފައެކެވެ. މައިންބަފައިންގެ ތަރުބިއްޔަތާ ގުޅިފައި ހުންނަ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން، އެކުދިންގެ ތަރުބިއްޔަތާ ގުޅުވައިގެން އެއްޗެތި ނުބުނުމަށް އެހެން މީހުން ސަމާލުކަން ދޭންޖެހެއެވެ.
ހޭލުންތެރިކުރުވަން ޖެހޭ އަނެއްކަމަކީ އޮޓިޒަމް އަވަހަށް ދެނެގަތުމާއި އޭގޭ ފަރުވާ ކުރިން ފެށުމެވެ. ފަރުވާ ދިނުމަށް ވަސީލަތްތައް ގާއިމުކުރުމާއި އެކަމަށް މަގުފަހިކޮށްދިނުމެވެ. މިއީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އޮޓިޒަމް ފާހަގަކުރާ މިމަހުގައި ރާއްޖޭގައި އޮޓިޒަމް ދެނެގަނެވޭނެ ގާބިލު ޑޮކުޓަރުންތަކެއް ތަމުރީނުކުރެވިފައި ނެތުމާއި އެކަމާ ގުޅޭ އެކަށީގެންވާ ފަރުވާތަކެއް ލިބެން ނެތުމީ އަހަރެމެން ހިތާމަކުރާ ކަމެކެވެ.

އެހެންކަމުން، މިހާއްސަ މަހުގައި މިކަންތަކުގެ މައްޗަށް އިތުރަށް ވިސްނައި ދިވެހި ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލުތިމާސްކުރަމެވެ. ވަކިން ހާއްސަކޮށް، މާލެއިންނާއި ސަރަހައްދީ ހޮސްޕިޓަލްތަކުން ބަހުގެ ތެރަޕީ (ލޭންޖުއޭޖް ޕެތޮލޮޖީ) އާއި އޮކިޔުޕޭޝަނަލް ތެރަޕީ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި އާނލީ އިންޓަވެންސަން ސެންޓަރުތައް އެންމެ ކުޑަވެގެން ޕޮރޮވިންސް ފެންވަރުގައި ގާއިމުކުރުމަށެވެ.

އޮޓިޒަމްއަކީ އެހެން ނުކުޅެދުންތެރިކަމާ ހިލާފަށް ފަރުވާކުރެވިދާނެ ކަމެކެވެ. އުމުރުގެ ކުރީކޮޅު ދެވޭ ފަރުވާއިން އޮޓިޒަމް ޖެހިފައި ތިބި ކުދިން ރަގަޅުވެފައި އެބަތިއްބެއެވެ. އަދި އާނލީ އިންޓަވެންސަންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިން ރަގަޅުވާކަމަށް ދިރާސާތަކުން ދައްކައެވެ. ގިނަ ކުދިންނަކީ ބޭރު ފުށުން އެއްވެސް އުނިސިފަ ފެންނަން ނުހުންނަ، ވިސްނުމުގެ ގޮތުން އެއުމުރުގެ އެހެން ކުދިންނެކޭ އެއްފަދަ ބަޔެކެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، މިކުޑަކުޑަ ރާއްޖޭގައި އޮޓިޒަމް ޖެހޭ ކުދިންގެ ނިސްބަތް އިތުރުވާކަން އެއީ ހަގީގަތެކެވެ. މާލީގޮތުން އެހާ ފުއްދުންތެރި ބަޔަކަށް ނުވިޔަސް ފަރަދުންގެ ފެންވަރުގަޔާއި، ޖަމާއަތުގެ ފެންވަރުގަޔާއި ސަރުކާރުގެ ފެންވަރުގައި ކަންތައްތަކެއް ކުރަން މިމަހު އަޒުމު ކަނޑައަޅަމާތޯއެވެ؟

Tuesday, March 29, 2011

ދިވެހި އަކުރުގެ ކާޑު ސެޓު


ބަހެއް އުގަންނައިދިނުމުގައި އެންމެ މުހިއްމު އެއްޗަކީ އެބަހެއްގެ އަކުރުތައް ނުވަތަ އަކުރުތަކުގެ އަޑު ދަސްކޮށްދިނުމެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެވަނީ ދިވެހި އަކުރު ތަކުގެ ކާޑު ސެޓެއް ތައްޔާރު ކުރެވިފައެވެ. މިކާޑު ބޭނުންކުރުމުގައި ބަލަންވީ ކަންތައްތަކަކީ: 
1. ކުއްޖާއަށް އަކުރުތަކުގެ މަހުރަޖަތައް ނުވަތަ އަކުރުގެ އަޑު ރަގަޅަށް ކިޔުވުން
2. އަކުރާއި އެއަކުރުގެ އަޑު ދެނެގަތުމަށް ދަސްކޮށްދިނުމެވެ.

ކާޑުސެޓު ޑައުންލޯޑުކުރޭ: ކުޑަ ކާޑު ސެޓު | ބޮޑު ކާޑު ސެޓު

Friday, March 4, 2011

Announcement: A specialist is to visit Male'


A specialist in Autism is scheduled to visit Autism Association of Maldives, a local NGO based in Male'.

So, if you have a child with Autism or suspect your child for Autism please call 7529901 (Ms. Aishath Zila) and book an appointment to consult the visiting specialist.

Date: 13 March 2011
Venue: Autism Association of Maldives, Ma. Eureka, Vaidheri Hingun, Malé.
Time: appointment only.

If your child has any two of the following symptoms you ought to make an appointment.
1. The child avoids looking at faces.
2. The child cannot communicate or engage in a dialogue.
3. The child engages in repeated behaviours. That is, the child likes to do the same thing again and again.
4. The child puts hands over the ears in loud environments.
5. The child does not know how to play toys properly.
6. The child does not sleep properly throughout the night.
7. The child cries or laughs for no reason.
8. The child bangs head on the wall or inflict any kind of self injury.
9. The child does not follow instructions.
10. The child has sensory issues like no reaction to heat, loud noise, injury, etc.

Additional Information: Autism Association of Maldives is the first NGO established in the country for the Autism cause. Their mission is to assist children with Autism Spectrum Disorders live a happy life and attain their full potential. Their email is info@autism.mv. Click here to download their information brochure.