Showing posts with label haa. Show all posts
Showing posts with label haa. Show all posts

Tuesday, July 27, 2010

ހާށަވިޔަނި ކާޑު


ކުއްޖަކަށް ތާނަ ލިޔަންކިޔަން ދަސްކޮށްދިނުމުގައި ފުރަތަމަ ފަށައިގަންނާނެ ހިސާބަކީ، 1. ތާނަ އަކުރު ދެނެގަތުމަށް ދަސްކޮށްދިނުމާއި 2. ތާނަ އަކުރުން ނުކުންނަ އަޑު ދަސްކޮށްދިނުމެވެ. މިމަރުހަލާއަށް ތަސްވީރު ބޭނުންކުރެވިދާނެއެވެ. އޮޓިޒަމް ހުންނަ ކުދިންނަކީ ތަސްވީރުން ކަންތައްތައް ދެނެގަންނަ ބަޔެކެވެ. އިގިރޭސިން ބުނާނަމަ ވިޒުއަލް ރީޑާސް (visual readers) އެވެ.

މިކަމަށް ބޭނުންކުރުމަށްޓަކައި ހާށަވިޔަނީގެ ކާޑު ސެޓެއް އެވަނީ އަޕުލޯޑުކުރެވިފައެވެ. ޕުރިންޓުކުރުމަށްފަހު، ކާޑުތައް ކަތުރުން ކަފާލައިގެން ފަހަރަކު 1 ކާޑު ބޭނުންކުރާށެވެ. އަޑު ދަށުން ކިޔުވައި، އަޑު ހާނުވާށެވެ. މިއަށް އިގިރޭސިބަހުން ކިޔަނީ އާޓިކިޔުލޭސަން (articulation) އެވެ.

ކާޑުސެޓު ޑައުންލޯޑުކުރޭ: ކުޑަ ކާޑު ސެޓު | ބޮޑު ކާޑު ސެޓު

ބޭނުން ހިފިދާނެ އިތުރު ވިޑީއޯތައް: